ކާށިދޫ ދާއިރާގެ މެމްބަރު އަބްދު ޖާބިރު އއ. މަތިވެރިއަށް ވަޑައިގެންނެވުމުން އެ ރަށުގައި ހަމަނުޖެހުން ހިންގައިފި އެވެ.
ޖާބިރަކީ އެ ރަށުގައި ގެސްޓު ހައުސްއެއް ހިންގާ ބޭފުޅެކެވެ، މީގެ ކުރިންވެސް ޖާބިރު އެރަށަށް ދިއުމުން އާންމުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހުން ފާޅު ކުރި ނަމަވެސް މިރޭހާ މައްސަލަ ހޫނުވެފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެމްބަރު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ރަށުގެ ބައެއް ރައްޔިތުން ހިތްހަމަ ނުޖެހި ނުރުހުން ފާޅު ކުރަމުންދާ ކަމަށެވެ. އެހެންވެ މިހާރު ފުލުހުންގެ ހިމާޔަތް ޖާބިރަށް ފޯރުކޮށްދޫފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެމީހުން ހަމަނުޖެހުން ހިންގި ކަމަށްވަނީ އެ ރަށުގައި ޖާބިރު ހިންގާ ގެސްޓު ހައުސްގެ ބިމު ކުލި އޭނާ ކައުންސިލަސް ނުދައްކަވާތީ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެބިމުގެ ކުލީގެ ގޮތުގައި ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށް ވެއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެބިމަށް ކުލި ނުދައްކާކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް