ހުޅުމާލޭގައި ދައުލަތުން ކުދިން ބަލަހައްޓާ ފިޔަވައްޗަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަތް މައްސަލައިގަ ލިޔުމުން ބަޔާން ދޭން ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޔަވަތީގައި ހިނގި ހަމަނުޖެހުންތަކުގައި އެތަން ރޯކޮށްލުމުން ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެފައިވެ އެވެ. އޭގެ ތެރޭގައި ޝޖާއު ހިމެނިވަޑައިގެންނަވާއިރު އޭނާ އެތަނުގެ ތެރެއަށް ވަދެފައިވެ އެވެ.
އެ މައްސަލައިގަ ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން އެކުލަވާލި ރިޕޯޓުގައި ބުނެފައިވާގޮތުގައި އެރޭ ޝުޖާއު އެތަނަށް ވަނީ ހުއްދަނެތި އެވެ. އަދި އެ ތަނަށް ވީޑިއޯ ކުރަން މީހުން ވެއްދި ކަމަށް ބުނެފައިވެ އެވެ.
އެެލްޖީއޭ އިން މިއަދު ޝުޖާއު އަށް ފޮނުވި ސިޓީގައި ވަނީ ފިޔަވަތީގައި ހާދިސާ ހިނގަމުން ދިޔަ ވަގުތު ޝުޖާއު، އެ ސަރަހައްދަށާއި މަރުކަޒަށް ވަދެވަޑައިގެން އެ ތަނުގައި އުޅޭ ކުދިންނާ ވާހަކަ ދެއްކެވުމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ޖެންޑާ ކޮމިޓީން ބުނެފައިވާ ކަމަށެވެ. އަދި ފިޔަވައްޗަށް އާންމުންގެ ބަޔަކު ވައްދަން ވެސް ޝުޖާއު މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓުގައި ތުހުމަތު ކޮށްފައި ވެ އެވެ.
އެހެންކަމުން އެކަމުގައި ކަން ހިނގާފައިވާ ގޮތާއި އެކަމާ ގުޅޭގޮއަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުމުން އެލްޖީއޭއަށް ފޮނުއްވުމަށް ޝުޖާއު އަށް އެންގި އެވެ.
އެލްޖީއޭގެ ސިޓީ އާއި ގުޅިގެން ޝުޖާއު ވިދާޅުވީ އެ މައްސަލައިގައި ލިޔުމުން ބަޔާން ހޯދުމުގެ ބަދަލުގައި އެލްޖީއޭ އަށް ހާޒިރުކޮށްގެން ބަޔާން ނެގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އޭނާގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް