ކޮވިޑު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕޭނަކަށް ދަރުމަވެރިން ހޯދަނީ

ކޮވިޑު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕޭނަކަށް ދަރުމަވެރިން ހޯދުމަށް މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން އިޢުލާން ކޮށްފި އެވެ. އެމްއާރްސީ އިން ދުވަސްއެމްވީ އަށް ބުނީ މިއީ "...

21 Sep 2021 | 13:22

ކޮވިޑު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕޭނަކަށް ދަރުމަވެރިން ހޯދުމަށް މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން އިޢުލާން ކޮށްފި އެވެ.

އެމްއާރްސީ އިން ދުވަސްއެމްވީ އަށް ބުނީ މިއީ "ހައުސް ޓު ހައުސް" ގެ ނަމުގައި ގްރޭޓަރ މާލޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކެމްޕޭނެއް ކަމަށެވެ. އަދި މި ކެމްޕޭން ހިންގާނީ 40 ދުވަހުގެ މުއްދަތަށް ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭނީ 4 ނުވަތަ 5 ގަޑި އިރު ކަމަށާއި ދަރުމަވެރިންގެ ގޮތުގައި ޢުމުރުން18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވިދާނެ ކަމަށް ވެސް ކޮވިޑް-19 އިމިއުނިޒޭޝަން އާ ގުޅިގެން އެމްއާރްސީ އިން ބުންޏެވެ.

"މި ކެމްޕޭން އަންނަހަފުތާގަ ފެށޭތޯ މި ބަލަނީ. އެކަމަކު އެބަބޭނުންވޭ ގާތްގަޑަކަށް 50 މީހުން. އެއީ މާލެ، ހުޅުމާލެ ވިލިމާލޭގެ ހުރިހާ ގޭބިސިއަކަށް ގޮސް މި މައުލޫމާތު ދޭނީ." އެމްއާރްސީ އިން ބުންޏެވެ.

އެމްއާރްސީ އިން އިތުރަށް ބުނީ މި ކެމްޕޭނުގައި ކޮވިޑު ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވެކްސިނާއިގުޅިގެން ބައެއް މީހުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

އެގޮތުން ވެކްސިން ޖަހައިފިތޯ އާއި ނުޖަހާނަމަ އެކަމުގެ ސަބަބު އޮޅުން ފިލުވާ، އެކަމަށް ވެސް ހޭލުންތެރިކުރުވާނެ ކަމަށް އެމްއާރްސީ އިން ބުންޏެވެ.

މި ކެމްޕޭނާއި ގުޅޭ އިތުރު މައުލޫމާތު 9906720 ނަމްބަރުން ލިބޭނެ އެވެ. އަދި ދަރުމަވެރިއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް:

https://docs.google.com/forms/d/e/1FAIpQLSfEyRFAx-WNd28AHnlschP2mgzvTs0BcCWG-xIluEaQXwHmog/viewform

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް