ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރީ43 މެމްބަރުންގެ ވޯޓުންނެވެ.
ދިވެހިރާއްޖޭގެ ހަކަތައިގެ ބިލަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމުގެ އިތުރަށް ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާ އަދި ހަކަތައިގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި، އާންމު ބޭނުންތަކެއްގެ ހިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅާ ބިލެކެވެ.
ބިލު ދިރާސާ ކުރިއިރު ކޮމިީ މަރުހަލާއިން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ހަކަތައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާއި ކުރިއެރުވުމުގައި ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތައް ކަނޑައެޅުން ހިމެނެ އެވެ. އަދި ހަކަތައިގެ ޚިދުމަތްތައް ދިނުމުގެ ތެރެއިން ތިމާވެއްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުން ކުޑަކުރުމާއި ގުޅޭ ކަންކަން ހިމަނާފައިވެއެވެ.
މީގެ އިތުރުން ރާއްޖެ ނެޓްޒީރޯ ގައުމަކަށް ހެދުމަށްޓަކައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން ފަދަ މުހިންމު ކަންތައްތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް