އަލީ ވަހީދުގެ ޝަކުވާ ހިފައިގެން 8 ފިރިހެނުން ރައީސްގެ އަރިހަށް ދިޔަ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ އަރިހަށް 8 ފިރިހެނުން ދިޔަ ކަމަށް އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) ވިދާޅުވެ...

21 Sep 2021 | 10:43

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ އަރިހަށް 8 ފިރިހެނުން ދިޔަ ކަމަށް އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކްލަބް ހައުސްގައި ރޭ ކުރިއަށް ދިޔަ ފޯރަމެއްގައި ވާހަކަދައްކަމުންނެވެ.

ސްމިތް ވިދާޅުވީ އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސްގެ އަރިހަށް ވަޑައިގަތީ ސްމިތް ހިމެނިވަޑައިގަންނަވާ ގޮތަށް 12 މީހަކު ކަމަށެވެ. އެއީ 8 ފިރިހެނުންނާއި 4 އަންހެނުން ކަމަށެވެ.

ސްމިތް ވިދާޅުވީ އެ ދުވަހުގެ ކުރިއަށް އަލީ ވަހީދާ ގުޅޭ ގޮތުން އެފަދަ ވާހަކައެއް އަޑު އަހާފައި ނުވާ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ވެސް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީ ތެރެއިން ނުފެންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އިތުރު ވާހަކަ ދެއްކެން އޮތީ ދެން ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް