ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ސުޒޭން ކޮވިޑުން ރަނގަޅުވެ، ޓީމާ ގުޅިއްޖެ

ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ސުޒޭން ކޮވިޑުން ރަނގަޅުވެ، ޓީމާ ގުޅިއްޖެ އެވެ. ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޤައުމީ ޓީމު ޓްރެއިނިންގ ކޭމްޕެއްގައި ގަތަރަށް ފުރަން ނިންމާފައިވަނިކޮށް ފުރުމުގެކުރި...

21 Sep 2021 | 09:31

ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ސުޒޭން ކޮވިޑުން ރަނގަޅުވެ، ޓީމާ ގުޅިއްޖެ އެވެ.

ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޤައުމީ ޓީމު ޓްރެއިނިންގ ކޭމްޕެއްގައި ގަތަރަށް ފުރަން ނިންމާފައިވަނިކޮށް ފުރުމުގެކުރިން ހެދި ޕީސީއާރް ޓެސްޓުން ނެވެ. މި ޓެސްޓުގެ ނަތީޖާ ލިބުނު އިރު، ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ސުޒައިން އެކަންޏެވެ.

އެހެންވެ، ސުޒައިން ޓީމާ ގުޅިފައިމިވަނީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު އެވެ. ގައުމީ ފުޓްބޯޅަ ޓީމު މިހާރުއަންނަނީ ގަތަރުގައި ކޭމްޕުކޮށްގެން ފަރިތަކުރުންތައް ބާއްވަމުން ނެވެ. އަދި އެގައުމުގެ ދެ ކުލަބަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވެސް އަންނަނީ ތައްޔާރުވަމުން ނެވެ.

ސުޒޭން ޕޮޒިޓިވް ވުމާއިގުޅިގެން ޓީމާއެކު ދަތުރު ނުކުރެވުމުގެ ސަބަބުން މިހާތަނަށް ޓީމުގެފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވަނީ އެސިސްޓެންޓް ކޯޗުގެ ބެލުމުގެ ދަށުން ނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފްޓުބޯޅަ މުބާރާތް ބާއްވަން ހަމައެކަނި ރާއްޖޭގައި ބާއްވާ އިރު، މިއީ މި މުބާރާތް ހަމައެކަނި ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އުރީދޫ މޯލްޑިވްސް އިން ޓައިޓްލް ސްޕޮންސަރ ނަގާފައިވާ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އޮކްޓޯބަރ މަހު އެކަކުން ސޯޅަ އަށެވެ.

ފަސް ޤައުމު މި ފަހަރުގެ މި މުބާރާތުގައި ވާދަ ކުރާ އިރު، މުބާރާތް ކުރިޔަށް ދާނީ ލީގު އުސޫލުން ނެވެ. އެގޮތުން ފައިނަލުގައި ވާދަކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް