ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓުލާމީހުންގެ ރަޖިސްޓަރީއަކީ އީސީއިން އެންޑޯޒްކުރެވިފައިވާ ލިސްޓެއްނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހެން ބުނީ، އެމްޑީޕީގެ ގައުމި މަޖިލިސް އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓުގައި އެޕާޓީގައި ރެޖިސްޓްރީގައި ނެތް މެންބަރުންތަކެއް ތިބިކަމަށް ބަޔަކު ތުހުމަތުކުރާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު، އެ ލިސްޓުގައި އިދިކޮޅު ޕީޕިއެމްގެ މެންބަރުން ހިމެނިފައިވާކަން ފެންމަތިވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި ރޮޒެއިނާ އާދަމް ވެސް ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ޓުވީޓުކުރައްވާފައެވެ.
ފާހަގަ ކޮށްލެވޭގޮތުގައި، ފެލިދޫ ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ އެރަށުގެ ސްޓިއަރިން ކޮމެޓީގެ ނައިބު ރައީސް އަހުމަދު ނަސްރު ﷲ އާއި ހަމަ އެރަށު ކައުންސިލްގެ ނައިބު ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ވިސާމްގެ ނަން ވެސް ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ހިމަނާފައެވެ.
މީގެ އިތުރުން، އައްޑޫ މީދޫގެ ޕީޕީއެމް ކައުންސިލަރެއް ވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް