ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާން ބޭނުންވަނީ ޚިޔާނާތުގެ ފައިސާގެ ކުޑަމިންވަރެއްގައިވެސް ޖެހިފައި ނެތުމުން: ޖާބިރު

ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވަން ބޭނުންވަނީ ޚިޔާނާތުގެ ފައިސާގެ ކުޑަމިންވަރެއްގައިވެސް ޖެހިފައި ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ....

21 Sep 2021 | 07:20

ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވަން ބޭނުންވަނީ ޚިޔާނާތުގެ ފައިސާގެ ކުޑަމިންވަރެއްގައިވެސް ޖެހިފައި ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ހެއްކާއި ބެހޭ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްއެމްޑީޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ނުޖެހޭ ސިޔާސީ އެއްވެސް ލީޑަރެއް އޭނާ ނޫނީ ނެތް ކަމަށެވެ.

"މިހާތަނަށް ނެރުނު އެއްވެސް ލިސްޓެއްގައި އަޅުގަނޑުގެ ނަމެއް ނެތް." ޖާބިރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރެއް ބޭނުންކުރެއްވިކަމަށް ވަނީ ހާމަވެފަ އެވެ. އަދި މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ބައެއް ފަނޑިޔާރުންނަށް ވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން މީގެކުރިން ހާމަކޮށްފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފަ އެވެ.

މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން ބަލާ އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް