ހެކީގެ ބިލް: ހެކި ނެތަސް ބައެއް ހާލަތަތްތަކުގައި ކުށް ސާބިތުވާނެ

ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބިލުގެ ބަހުސް ފަށައިފި އެވެ. ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މި ބިލު ގާނޫނަކަށް ވެގެން އަނ...

21 Sep 2021 | 06:59

ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބިލުގެ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ކޯޓުުތަކާއި ޓްރައިބިއުނަލްތައް އަދި ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ތަންތަނަށް ހެކީގެ ބާވަތްތައް ކަނޑައެޅުމުގައި ފަސޭހަތަކެއް ވެގެންދާނެ އެވެ.

އިންސާފުން ޝަރީއަތް ކޮށްދިނުމުގެ މައިގަނޑު އަސާސް ކަމުގައިވާ ހެކި ހުށަހެޅުމަށްޓަކައި ހެއްކާ ބެހޭ ގާނޫނީ އޮނިގަނޑެއްް އެކުލަވާލުމަކީ މި ބިލުގެ މަގްސަދެކެވެ.

ބިލުގައިވާ ގޮތުން ހެކި ހުށަހެޅުމަށްޓަކައި، މައިގަނޑު ތިން ބައެއް އޮވެއެވެ. އެގޮތުން ހެކީގެ ވަސީލަތަށް ބަލައި ހެކި ބައި ކުރެވިދާނެ އެވެ. ދަރަޖައަށް ބަލައި ހެކި ބައި ކުރުމާއި، ހެކީގެ ގުޅުމަށް ބަލައި ހެކި ބައި ކުރެވިދާނެ ގޮތުގެ ތަފްސީލް ބިލުގައި ވަނީ ހިމަނާފަ އެވެ.

އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހެކިބަސް ގަބޫލް ކުރެވޭނެ އުސޫލުތަކާއި އަންހެނުންގެ ހެކިބަސް ނެގޭނެ ހާލަތާއި، ނެގޭނެ ގޮތްވެސް ބިލުގައި ހިމަނާފައިވެއެވެ. ހަމަ މިއާއެކު ހެކިވަޒަން ކުރުމުގެ އުސޫލްވެސްވަނީ ފާހަގަކޮށްފަ އެވެ.

އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވާ ހާލަތުގައި ހެކި ހުށަހެޅުމެއްނެތި އެކަން ސާބިތުވާނެ ކަމާއި، އެގޮތަށް ސާބިތުވާނެ ކަންކަން ތަފްސީލް ކޮށްފައި ވެއެވެ. ހެކީގެ ގޮތުގައި ހުށަނޭޅޭނެ ކަންކަންވެސް ބަޔާން ކޮށްފައި ވެއެވެ.

މިހާރު ރާއްޖެއިން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ އުސޫލްތަކާއި، މިހާރު ތަންފީޒު ކުރަމުން ދާ ގާނޫނުތައް މި ބިލާއެކު އުވިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް