އިނގިރޭސި ރާނީ އެލިޒަބަތަށް މުނިމާމަ ދަރިއަކު ލިބިވަޑައިގެންފި

އިނގިރޭސިވލާތުގެ ރާނީ އެލިޒަބަތް ދޭކަށް މުނިމާނަ ދަރިއަކު ލިބިވަޑައިގެންފި އެވެ. ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާނީގެ މާމަ ދަރިކަނބަލުން ޕްރިންސަސް ބީޓްރީސް އާއި ފިރިކަލުން އެޑް...

21 Sep 2021 | 06:14

އިނގިރޭސިވލާތުގެ ރާނީ އެލިޒަބަތް ދޭކަށް މުނިމާނަ ދަރިއަކު ލިބިވަޑައިގެންފި އެވެ.

ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާނީގެ މާމަ ދަރިކަނބަލުން ޕްރިންސަސް ބީޓްރީސް އާއި ފިރިކަލުން އެޑްވާޑޯ މަޕެއްލީއަށް ފުރަތަމަ ދަރިކަނބަލުން ލިބިވަޑައިގެންފަ ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ޕްރިންސަސް ބީޓްރީސް އާއި މުނިމާމަ ދަރިކަނބަލުންގެ ހާލު ރަނގަޅު ކަމަށް ބަޔާނުގައިވެ އެވެ. ރާނީއަށް ހުންނެވީ މި ހަބަރާއި އެކު ވަރަށް އުފާވެފައި ކަމަށް ބަޔާނުގައިވެ އެވެ.

މިއީ ރާނީ އެލިޒަބަތަށް މުނިމާމަ ވިދާޅުވާ 12 ވަނަ ކުއްޖާ އެވެ. އަދި މި ކުއްޖާ ހިމެނެނީ އިނގިރޭސި ތަހުތަށް އިސްކުރެވޭނެ ބޭފުޅުންގެ ލިސްޓުގެ 11 ވަނައިގަ އެވެ.

ޕްރިންސަސް ބީޓްރިސް އަކީ ރާނީ އެލިޒަބަތުގެ ދަރިކަލުން ޕްރިންސް އެންޑްރޫ އާއި ސާރާ ފާގަސަންގެ ދަރިކަނބަލެކެވެ. އުމުރުން 32 އަހަރުގެ ޕްރިންސަސް ބީޓްރީސް އަކީ ޝާހީ އާއިލާ އާއި ވަކި ދިރިއުޅެއް އުޅެން ބޭނުންވެވަޑައިގެންނަވާ އެއް މާމަދަރިކަލުންނެވެ.

އެކަމަނާ އަކީ ވިޔަފާރީގައި ދާއިރާގައި ކުރިޔަށް ވަޑައިގެންނަވާ ކަނބަލެކެވެ.

އެކަމަނާ އިނގިރޭސިވިލާތުގެ މަޝްހޫރު ވިޔަފާރިވެޔާ މަޕެއްލީ އާއި މިދިޔަ އަހަރު ކައިވެނި ކުރީ ވަރަށް ކުޑަ ރަސްމިއްޔާތެއްގައި ވަރަށް ސިއްރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް