އދ. ގެ އާއްމު މަޖިލީހުގައި ރައީސް ސޯލިހު މިރޭ ތަގުރީރު ކުރައްވާނެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވާގޮތަށް ތާވަލުކޮށްފައިވާ އިރު، އެމަނިކުފާނު ތަގުރީރު ކުރައްވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފަހު ކަމަށް އދ.ގެ ...

21 Sep 2021 | 05:42

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވާގޮތަށް ތާވަލުކޮށްފައިވާ އިރު، އެމަނިކުފާނު ތަގުރީރު ކުރައްވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފަހު ކަމަށް އދ.ގެ އާއްމު މަޖިލީހުން ހާމަކޮށްފި އެވެ.

ރައީސް ޞާލިޙް އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާނީ ދިވެހިބަހުން މިރޭ ރާއްޖޭ ގަޑިން 18:30 ގަ އެވެ.

އދ.ގެ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދައްކަވާ ބޭފުޅަކު ބޭނުން ބަހަކުން ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ޤައުމު ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެ އެވެ.

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމު މިފަހަރު ދިވެހިރާއްޖޭގެ ފަރާތުން ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގުތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް