ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ޑރ. ޢަބްދުﷲ މައުސޫމް ފާޅުކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރުކަން ވެސް މިހާރުކުރައްވާ ޑރ. މައުސޫމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޖުމްހޫރީ ޕާޓީގެ ދެންއޮންނަ ގައުމީ ކޮންފަރެންސްގަ ޕާޓީގެ އިންތިޚާބު ބާއްވާއިރު ޕާޓީގެ "ރައީސް" ކަމަށް ކުރިމަތި ލުމުގެ ވިސްނުމެއް އެބަ ގެންގުޅެން" މިފަދައިން ނެވެ.
https://twitter.com/Mausoom_Maus/status/1440019621218684928
ޑރ. މައުސޫމް ވަނީ ޖޭޕީގެ ނައިބު ރައީސްކަން މީގެ ކުރިން އަދާކުރައްވާފަ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ޔޫތް މިނިސްޓްރީ ހިންގެވުމުގެ ޒިންމާވެސް އުފުއްލަވަމުން ގެންދަވާ ޑރ. މައުސޫމު މި ޓްވީޓު ކުރައްވާފައިވަނީ ޖޭޕީގެ މިހާރުގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ޖޭޕީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ހިއްސާދާރެވެ. ނަމަވެސް އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި އަލީ ވަހީދު ރޭ ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތުތަކެއް ކުރައްވައި، ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް