އިދިކޮޅު ކޯލިޝަނުން މަޖިީހަށް ކުއްލި މައްސަލައެއް، މިފަހަރު ރައީސް ސޯލިހު މަގާމުން އެކަހެރި ކުރުމަށް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލަ ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، މަގާމުން އެކަހެރި ކުރުމަށް ގޮވާލާ، އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައް...

21 Sep 2021 | 05:02

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލަ ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، މަގާމުން އެކަހެރި ކުރުމަށް ގޮވާލާ، އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

އޭނާ މި މައްސަލަ ހުށަހެޅުއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާއާ ގުޅުވައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ނެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރެހެންދި ފްލެޓްގައި އަހްމަދު އަދީބު ދިރިއުޅުއްވި އެޕާޓްމެންޓުން ކަޅު ދަބަހެއްގައި ރައީސް ސޯލިހު، 35 މިލިއަނަށްވުރެ ގިނަ ފައިސާ ގެންދެވި ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިކަމާއިގުޅިގެން ހުށަހެޅި ކުއްލި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާއަށް މިފަދަ ބޮޑެތި ތުހުމަތުތައް ކުރެވެމުން އަންނާތީ މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި ތަހުގީގު ނިމެންދެން ރައީސް އެމަނިކުފާނުގެ މަގާމުން އެކަހެރިވެވަޑައިގަންނަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތާވަލްކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް