ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި "މައި ޓްރެވަލްސް ޓު އެފްރިކާ" ފޮތް ނެރުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ބައިވެރިވެވަޑައިގެންފި އެވެ.
އެކަމަނާ މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވީ ރައީސް ސޯލިހުގެ އަރިހުގައި ނިއުޔޯކް ސިޓީއަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ.
ނިއުޔޯކް ސިޓީގައި ހުންނަ ޓަރކިޝް ހައުސްގައި ބޭއްވެވި މި ޙަފްލާގައި ޤައުމުތަކުގެ ވެރިންގެ އަނބިއަނބި ކަނބަލުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތައް ތަމްސީލުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ތުރުކީގެ ރައީސްގެ އަނބިކަނބަލުން ލިޔުއްވާފައިވާ މިފޮތަކީ އެކަމަނާގެ މަންމާފުޅަށް ޚާއްޞަކޮށްގެން 2014 އާއި 2020 ދެމެދު އެކަމަނާ އެފްރިކާއަށް ކުރެއްވި ޒިޔާރަތްތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ.
މިފޮތުން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ އެފްރިކާގެ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށެވެ.
ފަސްޓް ލޭޑީގެ އަރިހުގައި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް