ބޮލީވުޑްގައި ދެމަފިރިންގެ ދެމެދުގައި ވާ ލޯބި ސޯޝަލް މީޑިއާ މެދުވެރިކޮށާއި އާންމުންގެ ތެރޭގައި ފާޅު ކުރުމުގައި އެންމެ ކުރީގައި އުޅެނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެވެ.
ބައެއް ފަހަރު މާ ލޯބިން އުޅޭތި ބައެއް މީހުން އެ ދެމަފިރިން ސިފަ ކުރަނީ ދެއްކެން އުޅޭ ބައެއްގެ ގޮތުގައި އެވެ. އަދި ދެމީހުން ކައިވެނިކޮށްގެން އުޅެނީ ނަމެއްގައި ދުނިޔެއަށް ދައްކަން ކަމަށާއި ކެމެރާތައް ފުރަގަހުގައި ދެމީހުންގެ ދެމެދުގައި އެއްވެސް ރަސްމީ ގުޅުމެއް ނޯންނަ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން ދީޕިކާ އާއި ރަންވީރު އެއްޗެއް ނުބުނެ ސާބިތުކޮށްދެމުންދަނީ ދެމަފިރިންގެ ގުޅުން ރަނގަޅު ކަމެވެ. އެންމެ ފަހުން ރަންވީރު އިންސްޓަގްރާމްގައި ސަޕޯޓަރުންނާއި އެކު ހޭދަ ކުރި ވަގުތުގައި މީހަކު ކުރި ސުވާލެއްގައި ވަނީ ދީޕިކާ އޭނަ ސިފަ ކުރާ ގޮތް ބުނެފީފަ އެވެ.
އިންސްޓަގްރާމްގައި މީހަކު ރަންވީރާއި ސުވާލު ކުރީ އެއް ޖުމްލައިން ދީޕިކާ ސިފަ ކޮށްދިނުމަށެވެ. ޖަވާބުގައި ރަންވީރު ބުނީ ބުނީ އެއީ "ކުއީން" ނުވަތަ ރާނީ ކަމަށެވެ.
އެ ވަގުތުގައި ދީޕިކާވެސް ވަނީ މަޖާ ނެގުމުގެ ގޮތުން ރަންވީރަށް ގެއަށް އަންނަނީ ކޮން އިރަކުތޯ ކިޔާފަ މެސެޖުކޮށްފަ އެވެ. ރަންވީރު ވަނީ ދާންވާއިރަށް ކާއެއްޗެހި ހޫނު ކޮށްފަ ބަހައްޓަން ދީޕިކާ ކައިރީ އެދިފަ އެވެ. އަދި މިހާރު ގެއަށް ދާން ބަހަށް އަރަނީ ކަމަށް ބުނެ މަޖާ ޖަވާބެއް ދީފައިވެ އެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނި ކޮށްފައިވަނީ2018 ވަނަ އަހަރު އެވެ.
ދެމީހުންގެ އެކުގައި މީގެ ކުރިން ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވެ އެވެ. ދެން އެންމެ އަވަހަށް ދެ ތަރިން އެކުގައި ފެނިގެންދާނީ ކަބީރް ހާން ޑައިރެކްޓު ކުރާ ފިލްމު "83" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް