ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްގީ ކުރި "އާރބަން ފާމިންގ" މަޝްރޫއު އިފްތިތާޙު ކޮށްފި އެވެ.
އާންމުންނަށް ދަނޑު ހެއްދޭ ގޮތަށް ތަރައްގީ ކުރި "އާރބަން ފާމިންގ" މަޝްރޫއު އިފްތިތާހު ކޮށްދެއްވާ ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައި ސަރަހައްދު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ.
މި ހަފުލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫއެންޑީޕީ ގެ ރެސިޑަންޓް ރިޕްރެސެންޓޭޓިވް ދަ މޯލްޑިވެސް ވޭރާ ހާކިމް ވަނީ ބައިވެރިވެފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހައްދަން ޚާއްސަ ސަރަހައްދެއް ކަނޑައަޅައި މަޝްރޫއެއް ހިންގަން ނިންމީ ކޮވިޑް-19 އާ ގުޅިގެން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުމުގަ އެވެ.
އާބަން ފާމިންއަށް ޖާގަ ހުޅުމާލެ ނެއިބާހުޑް ތިނަކުން ހަމަޖައްސާފައިވާ އިރު، 16 ޕްލޮޓަށް ބަހާލައިގެން ތިން ގްރޫޕެއްގެ މީހުންނަށް ވަނީ އެ ޕްލޮޓުތައް ޚާއްސަ ކޮށްފަ އެވެ.
https://twitter.com/hdcmaldives/status/1439962912869666819
މި މަޝްރޫޢުއަކީ އެޗްޑީސީ އާއި ޔޫއެންޑީޕީ އާއި ގުޅިގެން ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް