އިންޑިއާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

އިންޑިއާއަށް ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން ދުވަސްވީ މީހާ ފެނިއްޖެ އެވެ. ގެއްލިގެން ހޯދަމުން ދިޔައީ އައްޑޫ ސިޓީ ހިތަދޫ ގޯޔާވިލާ، 87 އަހަރުގެ އަބްދުﷲ މަނިކުފާނެވެ. އޭނާ ގެއްލިފައިވަނީ ރޭ އިރު އޮއްސި...

21 Sep 2017 | 18:38

އިންޑިއާއަށް ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން ދުވަސްވީ މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އައްޑޫ ސިޓީ ހިތަދޫ ގޯޔާވިލާ، 87 އަހަރުގެ އަބްދުﷲ މަނިކުފާނެވެ. އޭނާ ގެއްލިފައިވަނީ ރޭ އިރު އޮއްސި 7:00 ހާއިރު ބޭރަށް ގޮސް އަންނާނަމޭ ކިޔާފަ ދިޔަ ގޮތަށެވެ.

އެމީހާ ފެނުނީ ކޮންތާކުން ކަމެއް ނޭނގެ އެވެ.

ޓްރިވެންޑްރަމްގައި ހުންހުންނަވާ ރާއްޖޭގެ ކޮންސުލް އަލީ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަބްދުﷲ ފެނިފައިވާ ކަމަށެވެ. އަދި ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިންޑިއާއަށް ގޮސް އުޅެނީ އަންހެނުންނާއި ދަރިއަކާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް