އިސްލާމީ ފަތުވާދޭ މަޖިލީހުގެ އިދާރާ ހުޅުވައިފި

ރާއްޖޭގެ އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖުލީގެ އިދާރާ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ. މި އިދާރާއަކީ ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެ...

21 Sep 2017 | 08:33

ރާއްޖޭގެ އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖުލީގެ އިދާރާ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި އިދާރާއަކީ ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކެޑެމީ އުވާލުމަށް ފަހު އުފެއްދި މަޖިލީހެކެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ އިދާރާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އިދާރާ ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު އެވެ.

މި އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ މިހާތަނަށް އެ މަޖިލީހުން ހަތަރު ފަތުވާއެއް ނެރެ، ދެ ކަމެއްގައި އިރުޝާދު ދީފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފާހަގަކޮށްލެވޭ ފަތުވާތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ މަޖިލީހުގެ މެންބަރުން ތަމްރީން ކުރުމަށް އިސްލާމީ ބޮޑެތި ގައުމުތަކާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުގެ ރައީސްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހީމް އެވެ. މިއަދު ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދަމަހައްޓައި ގާނޫނުގައި ބުނެފައިވާ ގޮތަށް މަސައްކަތް ކުރާނެ މަޖިލީހަކަށް ވެގެންދާނެ ކަމަށެވެ.

މި މަޖިލީހަށް މެންބަރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ފަތުވާ ކޮމިޓީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް