އައްޑޫއަށް މަސްތުވާތަކެތި އެތެރެ ކުރި ބިދޭސީންތަކެއް ކޯޓުން ދޫކޮށްލައިފި

ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެއްތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރު ކުރި ބިދޭސީންތަކެއް ކޯޓުން ދޫކޮށްލައިފި އެވެ. ފުލުހުން ހައްޔަރު ކުރީ އިންޑިއާ ފަސް މީހުންނެވެ. އޭގެ ތެރޭގައި ހ...

21 Sep 2017 | 08:04

ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެއްތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރު ކުރި ބިދޭސީންތަކެއް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ހައްޔަރު ކުރީ އިންޑިއާ ފަސް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ އިތުރުން 47 އަހަރުގެ އަންހެނެކެވެ.

އެމީހުން ހައްޔަރު ކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެމީހުން ރާއްޖެއަށް މަސްތުވާތަކެތެތި އެތެރެ ކުރަން މަސައްކަތް ކޮށްފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއިންނެވެ.

ފުލުހުން މީޑިއާގައި ބުނީ އެމީހުން ބަލާ ފާސް ކުރި އިރު 4.65 ކިލޯ ގްރާމްގެ މަސްތުވާތަކެތި އެމީހުންގެ އަތުން ފެނިފައިވާ ކަމަށެވެ. އެ ތަކެތި ފެނިފައިވަނީ ފޮށިތަކުގެ ތެރޭގައި ހުރި ރަބަރު ޕެކެޓުތަކަކުން ނެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރުމަށްގެން ގެންގުޅޭ އާލާތްތަކެއްވެސް ފެނިފައިވެ އެެވެ.

ފުލުހުން ބުނީ ކޯޓުން އެމީހުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް