ޑޮކްޓަރަށް ދައްކަން އިންޑިއާގެ ޓްރިވެންޑްރަމްއަށް ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ގެއްިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީ ހިތަދޫ ގޯޔާވިލާ، 87 އަހަރުގެ އަބްދުﷲ މަނިކުފާނެވެ. އޭނާ ގެއްލިފައިވަނީ ރޭ އިރު އޮއްސި 7:00 ހާއިރު ބޭރަށް ގޮސް އަންނާނަމޭ ކިޔާފަ ދިޔަ ގޮތަށެވެ.
އަބްދުﷲ ގެއްލުނުކަން އާއިލާއިން ވަނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓަށް އަންގާފައި އެވެ. ކޮންސިއުލޭޓުން ދަނީ އެ ސިޓީގެ ފުލުހުންނާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިބްރާހިމް އިންޑިއާއަށް ދިޔައީ އަންހެނުންނާއި ދަރިއަކާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް