ފުރަތަމަ ފިލްމުގެ ޝޫޓިން ގައިވެސް ސާރާގެ ފޮނިކަމާ ބޮޑާކަން ދައްކަން ފަށައިފި

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާންގެ ފުރަތަމަ ފިލްމު " ކެދާރްނަތް" ގެ ޝޫޓިން ފެށިގެން ކުރިޔަށް ދާއިރު އޭނާގެ ފޮނިކަމާ ބޮޑާކަން ފެންނަން ފަށައިފި އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓ...

21 Sep 2017 | 07:45

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާންގެ ފުރަތަމަ ފިލްމު " ކެދާރްނަތް" ގެ ޝޫޓިން ފެށިގެން ކުރިޔަށް ދާއިރު އޭނާގެ ފޮނިކަމާ ބޮޑާކަން ފެންނަން ފަށައިފި އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމްގައި ހިމެނޭ މީހަކާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ޝޫޓިން އަށް ސާރާ ގިނައިން ދަނީ ގަޑި ޖެހިގެން ކަމަށެވެ. މޭކަޕު ކުރަން އެހާ ގިނަ ވަގުތު ހޭދަ ކުރާއިރު ލާ ކޮންމެ ހެދުމަކާއި ހެދު ފޮޓޯ ނެގުމަށް ފަހު ކޮންމެސް މީހަކަށް ފޮނުވާ ކަމަށެވެ.

ހަމަ އެކަނި އެމީހަކަށް ފޮޓޯ ފޮނުވަން ފޮޓޯ ނަގައި ފޮނުވުމުގައި ވަގުތު ހޭދަ ކުރަނީކީ އެކަންޏެއް ނޫނެވެ. އެ ފޮޓޮ ފޮނުވާ މީހަކު ބުނާ ބަދަލެއް ހެދުމަށް ގެންނަންވެސް ބުނަނީ އެވެ. ސާރާގެ ފަރާތުން ފެންނަމުންދާ ނޭދެވޭ މި އަމަލުތަކުގެ ސަބަބުން ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު އޭނާ އާއި ވާހަކަ ދައްކާ ނަސޭހަތް ދީފައިވާ ކަމަށް އެމީހަކު މީޑިއާގައި ބުނެފައިވެ އެވެ.

ފުރަތަމަ ފިލްމު ރިލީޒް ނުވެގެން އުޅެނިކޮށް ސާރާގެ އުނދަގޫ ޑައިރެކްޓަރުންނަށް ޖެހެން ފެށުމުން މީޑިއާގައި ވަނީ ސާރާގެ ބޮލީވުޑް ކެރިއަރާއި މެދު ސުވާލު އުފައްދާފަ އެވެ.

މި ފިލްމުގެ ޝޫޓިން ކުރިޔަށް ދަނީ އިންޑިއާގެ އުތްރަހާން ސްޓޭޓުގައި އެވެ. ފިލްމުގައި ފެނިގެންދާނީ މުސްލިމް ފިރިހެނަކާއި ހިންދޫ އަންހެން ކުއްޖެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުމެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް