ސައުދީ އަރަބިއްޔާގައި ސްކައިޕް، ވަޓްސް އެޕް އަދި ސްނެޕްޗެޓް ބޭނުންކުރުން މަނާކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއް ވާން ގާތްވެފައިވާއިރު މި ހިދުމަތްތައް މިއަދުން ފެށިގެން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭން އެގައުމުން ނިންމައިފި އެވެ.
މިކަން މިގޮތަށް ނިންމިކަން ހާމަކޮށށް ސައުދީގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފުނުވާ، ވޮއިސް އަދި ވީޑިއޯ އެޕްލިކޭޝަންތައް މިއަދުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށެވެ.
ސައުދީގައި ސްކައިޕް، ވަޓްސްއެޕް އަދި ސްނެޕްޗެޓް ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް އެގައުމަކީ ޕޮނޮގްރަފީ ވެބްސައިޓްތަކާއި ގޭމްބްލިންގ ވެބްސައިޓްތައް ވަރަށް ރަނގަޅަށް މޮނީޓަރ ކުރަމުން އަންނަ ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް