ރޮހިންޖާ މުސްލިމުންނަށް އެމެރިކާއިން އިތުރު 32 މިލިޔަން ޑޮލަރުގެ އެހީ ދޭން ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވާކަން އެމެރިކާއިން އިއުލާނުކުރީ އދގެ ޖެނެރަލް އެސެމްބްލީގަ އެވެ.
އެމެރިކާއިން އިތުރަށް ދޭން ނިންމި އެހީއާއެކު ރޮހިންޖާ މުސްލިމުންނަށް މި އަހަރު އެމެރިކާން ދޭން ނިންމި އެހީގެ އަދަދު މިވަނީ 98 މިލިޔަން ޑޮލަރަށް އަރާފަ އެވެ.
މި އެހީ ދިނުމަށް ނިންމުމަށްފަހު އެމެރިކާއިން ވަނީ ބަންގްލަދޭޝް އިން ރޮހިންޖާ މުސްލިމުންނާއިމެދު އަމަލުކުރަމުން އަންނަ ގޮތަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ.
ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު ހަތަރު ލައްކައަށްވުރެ އިތުރުވެފައިވާއިރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެފައިވަނީ ރޮހިންޖާ މުސްލިމުން އެނބުރި މިޔަންމާއަށް ދާންދެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް