ރޮހިންޖާ މުސްލިމުންނަށް އެހީއާއެކު ދަތުރުކުރި ލޮރީއެއް ކޯރަކަށް ވެއްޓި ނުވަ މީހަކު މަރުވެއްޖެ

ރޮހިންޖާ މުސްލިމުންނަށް އެހީގެ ތަކެތި ހިފައިގެން ދަތުރުކުރަމުންދިޔަ ލޮރީއެއް ކައްސާލައިގެން ކޯރަކަށް ވެއްޓި ހިނގި ހާދިސާއެއްގައި ނުވަ މީހަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވ...

21 Sep 2017 | 05:44

ރޮހިންޖާ މުސްލިމުންނަށް އެހީގެ ތަކެތި ހިފައިގެން ދަތުރުކުރަމުންދިޔަ ލޮރީއެއް ކައްސާލައިގެން ކޯރަކަށް ވެއްޓި ހިނގި ހާދިސާއެއްގައި ނުވަ މީހަކު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ލޮރީ ދަތުރުކުރަމުންދިޔައީ އެހީގެ ތަކެއްޗާއެކު ކޮކްސް ބާޒާރާއި ދިމާއަށެވެ.

ބައިނަލްއަގްވާމީ ރެޑް ކްރޮސްގެ އޮފިޝަލަކު ބުނެފައިވަނީ އެ ހާދިސާގައި މަރުވީ ބަންގްލަދޭޝް އަށް ނިސްބަތްވާ ނުވަ މީހެއް ކަމަށާއި އެ މީހުންނަކީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ދުވަހު މުސާރައަށް މަސައްކަތްކުރަމުންދިޔަ ބައެއް ކަމަށެވެ. އެމީހުން ދަތުރުކުރަމުންދިޔައީ 500 އާއިލާއަކަށް އެހީގެތަކެތި ހިފައިގެން ކަމަށްވެސް އެ އޮފިޝަލު ބުނެފައި ވެ އެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވާއިރު މިޔަންމާގައި މުސްލިމުންނަށް ކުރާ އަނިޔާއަށް ކެތް ނުކުރެވިގެން މިހާތަނަށް ހަތަރު ލައްކަ ވިހި ހާހަށްވުރެ ގިނަ، ރޮހިންޖާ މުސްލިމުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް