ރޮހިންޖާ މުސްލިހުންގެ ހައްގުގައި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަނީ

މިޔަންމާގެ ބުދިސްޓުންނާއި އަސްކަރިއްޔާއިން ދެމުންދާ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަން ނިންމައިފި އެވެ. މި އެއްވުން ބާއްވަން ...

21 Sep 2017 | 04:28

މިޔަންމާގެ ބުދިސްޓުންނާއި އަސްކަރިއްޔާއިން ދެމުންދާ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

މި އެއްވުން ބާއްވަން ނިންމާފައި މިވަނީ ރޮހިންޖާ މުސްލިމުންގެ ހައްގުގައި މާލޭގައިވެސް ބޮޑު އެއްވުމެއް ބާއްވަން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފައިވަނިކޮށެވެ.

ރޭ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ގުޅިފައިވާ ޕާޓީތަކުން ބުނީ އެ އެއްވުން ބާއްވާނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކަށް ކެއް ނުކުރެވިގެން ބޯޑަރު ހުރަސްކޮށް ރެފިއުޖީންގެ ގޮތުގައި މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް