ނިޔާވި ދިވެހި ހައްޖާޖީގެ ކަށުނަމާދު މަގްރިބް ނަމާދަށްފަހު މަސްޖިދުލް ހަރާމްގައި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްއުޅެނިކޮށް ބަލިވުމުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ދިވެހި ހައްޖާޖީގެ ކަށުނަމާދު މިރޭ މަގްރިބް ނަމާދަށްފަހު މަސްޖިދުލް ހަރާމްގައި ...

21 Sep 2015 | 13:28

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްއުޅެނިކޮށް ބަލިވުމުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ދިވެހި ހައްޖާޖީގެ ކަށުނަމާދު މިރޭ މަގްރިބް ނަމާދަށްފަހު މަސްޖިދުލް ހަރާމްގައި އޮންނާނެ ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ އދ.މަހިބަދޫ، އުމުރުން 77 އަހަރުގެ ޤާސިމް މުހައްމަދު އެވެ. ދިވެހި ހައްޖާޖީ ނިޔާވެފައިވަނީ ނޭވާލާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މީގެ 3 ދުވަސްކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް