ދ. ކުޑަހުވަދޫގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 20 އަހަރުގެ ޒުވާނަކު ދަންޖެހިގެން މަރުވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ.
އޭނާ ދަންޖެހި މަރުވެފައި ހުރިކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެރަށު ގެއެއްގެ ގިފިލިތެރޭގައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ އޮފިޝަލް އިތުރަށް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް