ލ.މާމެންދޫ އަރި ރ.އަލިފުށީގައި އެސްޓީއޯގެ ފާމަސީ ހުޅުވައިފި

ލ.މާމެންދޫ އަދި ރ.އަލިފުށީގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ. އެސްޓީއޯއިން ބުނީ މި ދެރަށުގައި ހުޅުވި ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށް...

21 Sep 2015 | 13:09

ލ.މާމެންދޫ އަދި ރ.އަލިފުށީގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ މި ދެރަށުގައި ހުޅުވި ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ފާމަސީއެއް ކަމަށެވެ.

ބައެއް ރަށްރަށުން އާންމު ބޭސްތައް ވެސް ލިބެން ނުހުންނާތީ ރައްޔިތުންގެ ޝަކުވާ ބޮޑު އިރު މި އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުން އެކަން ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ދެރަށުގައި ހުޅުވި ފާމަސީއާއެކު އެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 171 އަށް އިތުރު ވެފައެވެ.

އެސްޓީއޯއިން ބުނީ މި މަޝްރޫއު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީގެ އެހީތެރިކަން ފުރިހަމައަށް ލިބެމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ލޯކަލް ކައުންސިލްތަކުންނާއި ރައްޔިތުންގެ އެހީތެރިކަން ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް