ހުޅުމާލޭގައި މޫދަށް އެރި އުޅެނިކޮށް ބިދޭސީއަކު ގެނބިގެން މަރުވެއްޖެ އެވެ.
https://twitter.com/PoliceMv/status/645938973844508672
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޫދަށް އެރި އުޅުނު މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން ހޯދަމުން ދަނިކޮށް ފެނުނީ އަޑިން ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ކްރިޓިކަލް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. ގެނބުނު ބިދޭސީ މީހާ މަރުވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ޔަގީން ކޮށްދެ އެވެ.
މޫދަށް އެރިގެން އުޅެނިކޮށް ގެނބިގެން މަރުވީ ސްރީލަންކާގެ ރައްޔިތެކެވެ. މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:15 ހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް