އދ އޮމަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކު ޒަހަމްވެއްޖެ އެވެ.
މިއަދު ހިނގި މި އެކްސިޑެންޓާ ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޒަހަމްވި ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް