އެމެރިކާގައި ފިހާރައަކުން ފޯނެއް ވަގަށް ނެގުމަށް ފަހު ހަތަރު ދުވަސް ފަހުން ވަގަކު އެކަމަށް މާފަށް އެދި ސިޓީއަކާއެކު ފޯން އަނބުރާ ރައްދުކޮށްދީފިއެވެ.
ވަގުކަލޭގެ ފޮނުވި ސިޓިގައި ބުނެފައިވަނީ ފޯނު ވަގަށް ނެގި މީހަކީ ތިމަންނަ ކަމުގަޔާއި ތިމަންނަ އަކީ ގޯސް މީހެއް ނޫންކަމަށެވެ. އަދި ފޯނު ވަގަށް ނެގީ ހާލަތު ހުރިގޮތުން ފޯނު ވިއްކާލައިފައި ލިބޭ ލާރިކޮޅުގެ ބޭނުމުގައިކަމުގައި ކަމަށެވެ. އަދި އޭނަގެ ވަޒީފާ ގެއްލިފައިވާކަމާއި ހާލުގައި ޖެހިފަ ތިބި ކުދިން އޭނަގެ އެބަ ތިބިކަމުގައި ބުނެ ފޯނު ވަގަށް ނެގުން އެއީ އޭނައަށް ކުރެވުނު މޮޔަކަމެއްކަމުގައިވެސް ވަގުކަލޭގެ ސިޓީގައި ލިޔެފައިވެއެވެ.
ފޯނު ރައްދުކޮށްދީ އެކަމަށް މާފަށް އެދުމުން ފޯނުގެ ވެރިފަރާތްކަމުގައިވާ ބަޗް މިކޯސްއާއި އޭނަގެ ދަރިފުޅު ލައުރީން ނިކޯލް ބުނެފައިވަނީ އޭނައާމެދު އެއްވެސް ގާނޫނީ ފިޔަވަޅެއް އަޅަން އިތުރަށް ބޭނުންނުވާކަމަށެވެ. އަދި އުންމީދުކުރަނީ ވަގުކަލޭގެ އިސްލާހުވާނެކަމަށެވެ.
އެހެން ނަމަވެސް މިމައްސަލާގައި ފުލުހުން ތިބީ ދޫދޭގޮތަކަށް ނޫނެވެ. ފުލުހުންގެ ލެފްޓިނެންޓް ސްޓެފެން ވާރން ބުނީ ފޯނު ވަގަށް ނެގިމީހާ ރަނގަޅުކަމެއް ކުރަންބޭނުމިއްޔާ އަމިއްލައަށް ފުލުހުންއާއި ހަވާލުވުމަށް އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް