އެކަކު އަނެކަކަށް އިންޓަރނެޓް މެދުވެރިކޮށް ވީޑިއޯކޯލް ކުރުމަށް މަޝްހޫރު ސްކައިޕް ޔޫރޮޕްގެ ބޮޑު ބަޔަކަށް ޑައުންވެއްޖެއެވެ.
ސްކައިޕް ޑައުން ވުމާއި ގުޅިގެން ސްކައިޕްއިން ދޭ ގިނަ ހިދުމަތްތަކެއް ނުލިބެއެވެ. އަދި ގިނަ ބަޔަކަށް ސްކައިޕް އަށް ލޮގްއިން ވުމަށްވެސް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.
ސްކައިޕްގެ ވެބްސައިޓްގައި ލިޔެފައިވަނީ ސްކައިޕް މިވަގުތު މާ ބޮޑަށް އޯވަރލޯޑްވެފައިވާކަމާއި ފަހުން ސްކައިޕް ބޭނުން ކުރަން އެދޭކަމަށެވެ. ސްކައިޕަށް ދިމާވެފައިވާ މައްސަލަ ވީހައިވެސް އަވަހާ ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ސްކައިޕްއިން ވަނީ ބުނެފައެވެ.
ސްކައިޕް ޑައުންވުމާއި ގުޅިގެން ސްކައިޕް ބޭނުން ކުރާ ގިނަ ބަޔަކު ދަނީ އެކަމުގެ ޝަކުވާ ސޯސަލް މީޑިޔާގައި ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް