މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރުކުރަނިކޮށް ފަރަށް އެރި ސަވާރީ ބޯޓުގައި ތިބި ލ އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ މީހުން އެ ރަށްތަކަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެގޮތުން ލ. އަތޮޅު މާބައިދުއަށް ނިސްބަތްވާ 18 މީހަކު، ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ގައި މިހާރު މާބައިދުއަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ޝަހީދު އަލީ ދަތުރު ކުރަމުންދަނީ ލ.އަތޮޅު ފޮނަދުއަށް ނިސްބަތްވާ 22 މީހަކު އެ ރަށަށް ގެންދިއުމަށް ކަމަށެވެ.
މ އަތޮޅު ބޭރުން ސަވާރީބޯޓު ފަރަށް އަރާފައިވަނީ 19 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު އެވެ. ފަރަށް އެރި އިރު އެ ބޯޓުގައި 181 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސަވާރީ ބޯޓުގައި ތިބި މީހުން ފުރަތަމަ ގެންދިޔައީ މ ދިއްގަރަށެވެ. ދިއްގަރަށް ގެންދިއުމަށްފަހު އެމްއެންޑީއެފުން ވަނީ ތ އަތޮޅަށް ނިސްބަތްވާ މީހުން އިއްޔެ ތ އަތޮޅު ގެރަށްތަކަށް ގެންގޮސްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް