މައްކާގައި ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެ

ސައުދީ އަރަބިއްޔާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެ އެވެ. ދިވެހި ހައްޖާޖީ ނިޔާވެފައިވަނީ ނޭވާލާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން ފަރުވާ ހޯދަމުން ދ...

21 Sep 2015 | 08:44

ސައުދީ އަރަބިއްޔާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެ އެވެ.

ދިވެހި ހައްޖާޖީ ނިޔާވެފައިވަނީ ނޭވާލާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.

ނިޔާވެފައިވަނީ އދ.މަހިބަދޫ، އުމުރުން 77 އަހަރުގެ ޤާސިމް މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މީގެ 3 ދުވަސްކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް