ޗިލީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މިދިޔަ ހަފްތާގައި ޗިލީއަށް 8.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް  އައިސްފައިވަނިކޮށް މިއަދުވެސް 6.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިއަދުގެ ބިން ހެލުން އައިސްފައިވަނީ ޗިލީގެ ވ...

21 Sep 2015 | 06:57

މިދިޔަ ހަފްތާގައި ޗިލީއަށް 8.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް  އައިސްފައިވަނިކޮށް މިއަދުވެސް 6.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދުގެ ބިން ހެލުން އައިސްފައިވަނީ ޗިލީގެ ވެރިރަށް ސެންޓިއާގޯގެ އުތުރުން 230 ކިލޯމީޓަރ ބޭރުން ކަނޑަށެވެ.މި ބިންހެލުމުގައި ލިބުނު ގެއްލުމުގެ މައުލޫމާތެއް އަދި ލިބިފައެއްނުވެއެވެ. އަދި މި ބިން ހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް ވެސް އަދި ދީފައެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޗިލީއަށް އައި 8.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއެކު އެގައުމުގެ އައްސޭރިފަށަށް ސުނާމީގެ އިންޒާރު ދިނުމުން މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ އައްސޭރިތަކަށް ބަދަލަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް