ސީރިޔާގައި ހަނގުރާމަކުރަމުން ދަނިކޮށް ދިވެއްސަކު މަރުވެއްޖެ

އަލް ގައިދާގެ ސޫރިޔާ ގޮފި' ޖަބުހަތުއް ނުސްރާ' އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު ސީރިޔާގައި މަރުވެއްޖެ އެވެ. ސީރިޔާގައި ހަގުރާމަ ކުރަމުން އަންނަ ދިވެހިން ހިންގާ ފޭސްބުކް ޕޭޖްގައި ބުނެފައިވ...

21 Sep 2015 | 06:42

އަލް ގައިދާގެ ސޫރިޔާ ގޮފި' ޖަބުހަތުއް ނުސްރާ' އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު ސީރިޔާގައި މަރުވެއްޖެ އެވެ.

ސީރިޔާގައި ހަގުރާމަ ކުރަމުން އަންނަ ދިވެހިން ހިންގާ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ 'އަބޫ ޔޫޝައު އަލް މާލްދީފީ' "ޝަހީދުވެފައިވާ" ކަމަށެވެ.

ބިލާދުއް ޝާމް މީޑިއާ އިން އާއްމުކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އޭނާ މަރުވީ ސޫރިޔާގެ އިދުލީބް ޕްރޮވިންސްގައިވާ ފޫއާ ނަމަކަށް ކިޔާ ރަށުގައި ހިނގި ހަނގުރާމައެއްގަ އެވެ. އޭނާ މަރުވީ އެހަނގުރާމައިގައި ޒަހަމްވީ މީހަކަށް އެހީތެރިވާން އުޅެނިކޮށް ސްނައިޕާ ހަމަލާއެއް އެރުމުގެ ސަބަބުން ކަން ވެސް އެމައުލޫމާތުތަކުން އެނގެ އެވެ.

ބިލާދު އަލް ޝާމްގެ ފޭސްބުކް ޕޯސްޓަށް ބަލާއިރު އޭނާ ސޫރިޔާ އަށް ދިޔަތާ އަދިވީ ކުޑަ ދުވަސްކޮޅެއް ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް