މ. އަތޮޅު ބޭރުން އަޑިއަށް ދިޔަ ކަމަށްބުނެ ފޮޓޯއާއެކު ހަބަރު ފެތުރެމުން އަންނަ ބޯޓުގެ ފޮޓޯއަކީ ސަވާރީ ބޯޓުަކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަވާރީ ބޯޓު ކަފު ޖަހާފައިވަނީ އާއިލާ ނަމަކަށް ކިޔާ ދޯންޏެއްގަ އެވެ. އެމީހުން ދަތުރު ފަށާފައިވަނީ ހެނދުނު 7:45 ހާއިރު އެވެ.
https://twitter.com/PoliceMv/status/645836005547753472
ދުވަހަށް މައުލޫމާތު ދެމުން ތ ގުރައިދޫ މީހަކު ބުނީ އާއިލާ ނަމަކަށް ކިޔާ ދޯނީގައި ކަފު ޖަހައިގެން ސަވާރީ ބޯޓު ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ތ ދިޔަ މިގިއްޔަށް ކަމަށާއި މިރޭގެ ވަގުތެއްގައި ސަވާރީ ބޯޓު ދިޔަމިގިއްޔަށް ގެންދެވޭނެ ކަމަށް އާއިލާ ދޯނިން މައުލޫމާތު ދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް