ޤުދުސް ގައި އިއްޔެ ހިނގި ކުރިމަތިލުމެއްގައި އިޒްރޭލު ފުލުހުން ފަލަސްތީނުގެ އަށް މީހަކު ހައްޔަރުކޮށްފި އެވެ.
މި ހަތް ޒުވާނުން ހައްޔަރުކޮށްފައިވަނީ އިޒްރޭލު ފުލުހުންގެ ގަޔަށް ހިލަ އުކި ކަމަށް ބުނެ އެވެ.
ފަލަސްތީނުގެ އަށް މީހަކު އިޒްރޭލު ފުލުން ހައްޔަރުކޮށްފައި މިވަނީ ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލުން ޤުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތަށް ގަދަކަމުން ވަންނަމުން އަންނަތާ ހަފްތާއެއް ވެފައި ވަނިކޮށެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ގޯސްވެފައިވާއިރު އިޒްރޭލުން ވަނީ ސަލާމަތީ ސަބަބުތަކަށް ކަމަށްޓަކައި ބުނެ ހަތިޔާރު އެޅި އިތުރު 800 ސިފައިން ޤުދުސް އަށް ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް