ކުރިއަށް އޮތް ދެ އަހަރު އެއްލައްކަ 85 ހާސް ރެފިއުޖީންނަށް އެމެރިކާއިން ފުރުސަތު ދެވޭނެ: ކެރީ

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެއްލައްކަ 85 ހާސް ރެފިއުޖީންނަށް އެމެރިކާއިން ފުރުސަތު ދޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެ އެވެ. އާދީއްތަ ދުވަހު ކެރީ ވިދާޅުވީ މި އަހ...

21 Sep 2015 | 02:41

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެއްލައްކަ 85 ހާސް ރެފިއުޖީންނަށް އެމެރިކާއިން ފުރުސަތު ދޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ކެރީ ވިދާޅުވީ މި އަހަރު 70 ހާސް ރެފިއުޖީންނަށް އެމެރިކާއިން ފުރުސަތު ދޭން ނިންމާފައި ވާއިރު 2016 ވަނަ އަހަރު 80 ހާސް އަދި 2017 ވަނަ އަހަރު އެއްލައްކަ ރެފިއުޖީންނަށް އެމެރިކާއިން ފުރުސަތު ދިނުމަށް ނިންމާފައި ވާކަމަށެވެ.

ކެރީ މިހެން ވިދާޅުވެފައި މިވަނީ އެމެރިކާއިން މިއަހަރު އިތުރަށް ރެފިއުޖީންނަށް ޖާގަ ނުދެނީ ކީއްވެ ކަމާމެދު ސުވާލު އުފައްދާފައި ވަނިކޮށެވެ. ކެރީ ވިދާޅުވީ އެކަމަށް ކޮންގްރެސްއިން ކަނޑައަޅާފައިވާ ބަޖެޓް މި އަހަރު މަދު ކަމަށާއި އަންނަ އަހަރު އެ އަދަދު ބޮޑު ވާނެ ކަށެވެ.

ސީރިޔާގެ ދާހިލީ ހަނގުރާއަށް ހަތަރު އަހަރު ވެފައި ވާއިރު އެގައުމުގައި ރެފިއުޖީން ދުވަހެއް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. އދ އިން ހާމަކޮށްފައިވާ ގޮތުގައި ސީރިޔާގެ ތިން މިލިޔަނަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ފާއިތުވި ހަތަރު އަހަރު އެ ގައުމު ދޫކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް