ހަންގޭރީ ނޫސްވެރިޔާގެ ހަމަލާ އަމާޒުވި ރެފިއުޖީ ކުޑަކުއްޖާ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު!

ހަންގޭރީގެ ނޫސްވެރިއަކު ފައިން ޖަހައި، ރެފިއުޖީ ދެބަފައިން ބިންމައްޗަށް ވައްޓާލި މަންޒަރު ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު ރިއާލް މެޑްރިޑުން ހޮނިހިރު ދުވަހު ކުޅުނު މެޗް ފެށުމަށް ކްރިސްޓިއާނޯ ރޮ...

21 Sep 2015 | 01:46

ހަންގޭރީގެ ނޫސްވެރިއަކު ފައިން ޖަހައި، ރެފިއުޖީ ދެބަފައިން ބިންމައްޗަށް ވައްޓާލި މަންޒަރު ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު ރިއާލް މެޑްރިޑުން ހޮނިހިރު ދުވަހު ކުޅުނު މެޗް ފެށުމަށް ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ދަނޑަށް އެރުމުގެ ފުރުސަތު އެ ކުޑަކުއްޖާއަށް ލިބިއްޖެ އެވެ.

ސީރިއާގެ ދެބަފައިން ކަމަށްވާ އުސާމާ އަލަބެދު އަލް މުހުސިން އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅު ޒައިދު މިހާރު ދިރިއުޅެމުން ދަނީ ސްޕެއިންގަ އެވެ. އެ ދެބަފައިންނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު ދުނިޔޭގެ އެންމެ މަގްބޫލު އެއް ކްލަބް ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ އެ ދެބަފައިންނަށް ހާއްސަ ދައުވަތެއް ވެސް ދީފަ އެވެ.

ރިއާލް މެޑްރިޑް އާއި ގްރަނާޑާ ބައްދަލުކުރި މެޗް ބަލާލުމަށް އެ ދެބަފައިންނަށް ދައުވަތު އެރުވީ ވެސް ރިއާލް މެޑްރިޑުންނެވެ. ހަތް އަހަރުގެ ޒައިދު ރޮނާލްޑޯއާއެކު ދަނޑަށް އެރުމުން ގިނަ ގިނަ ސަޕޯޓަރުން ވަނީ އެކަމަށް ތާއީދުކޮށް އުފާފާޅުކޮށްފަ އެވެ.

މުހުސިންގެ ދެބަފައިން ސްޕެއިންއަށް ދިޔައީ މުހުސިންގެ ދިރިއުޅުން އަރާސްތު ކުރަން ސްޕޭނުގެ ފުޓްބޯޅަ އެކޭޑަމީން އެހީވާނެ ކަމަށް ބުނުމުންނެވެ. އެ އެކޭޑަމީގެ ފަރާތުން މުހުސިންގެ ދެބަފައިންނަށް ސްޕެއިން އިން ގެއެއް ހަދިޔާކޮށްފައިވާއިރު މުހުސިންއަކީ ސީރިޔާގެ ފުޓްބޯޅަ ކޯޗެކެވެ.

ސްޕޭނު ބަސް ދަސްކުރުމުން މުހުސިން އަށް ސްޕޭންގެ އެއްވަނަ ޑިވިޒަންގެ ޓީމަކުން ކޯޗުކަން ދިނުމަށް ނިންމާފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް