ތިން މީހުންނާއެކު މަހަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ޏ.ފުވައްމުލަކުން ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު "ކަނޑު ރޯދި" ނަމަކަށް ކިޔާ  ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެދޯނި ހޯދުމުގެ ...

20 Sep 2015 | 23:09

ޏ.ފުވައްމުލަކުން ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު "ކަނޑު ރޯދި" ނަމަކަށް ކިޔާ  ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މަސްވެރިކަން ކުރާ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް މަޢުލޫމާތު ލިބިފައި ވަނީ ރޭ ގާތްގަނޑަކަށް 20:25 ހާއިރު ދޯނިން ދަތުރުކުރި މީހެއްގެ ޢާއިލާގެ ފަރާތުން ކަމަށެވެ.

"މި ދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ ސ.ގަމު ބޮއި ކައިރީގައި އިއްޔެ ހަވީރު މަސްވެރިކަން ކުރަމުންދިޔަ މޯހިރި ނަމަކަށް ކިޔާ ދޯންޏަކަށާއި ފަހި ރޯޅި ނަމަކަށް ކިޔާ ދޯންޏެއްގެ އިތުރުން ރަހާ ކިޔާ ދޯންޏަކަށް،މި ތިން ދޯނި ސ.ގަމު ބޮއި ކަރިން މަސްވެރިކަން ކޮށްގެން އައިއި ރުވެސް "ކަނޑު ރޯދި" ދޯނި ބޮއި ކަރީގައި އޮތްކަމަށް އެދޯނިން ދަތުރުކުރި މީހުން މަޢުލޫމާތު ދީފައި ވޭ" އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ޚަބަރެއް ނުވެގެން ހޯދަމުންދާ "ކަނޑު ރޯދި"  ދޯންޏަކީ ދިގުމިނުގައި ގާތްގަނޑަކަށް 37 ފޫޓު ހުންނަ އުޅަނދެއް ކަމަށާއި މި ދޯނީގައި ލާފައިވަނީ ނޫ ކުލަ ކަމަށެވެ. އަދި ގެގަނޑުގައި ލާފައި ވަނީ ހުދު ކުލަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް