ޑޮލަރު ރިޒާވް ހުސްވެއްޖެ ކަމަށް އަދަދު ނޫހުން ބުނާ ވާހަކައަކީ ބުހުތާނު ދޮގު: އިކޮނޮމިކް މިނިސްޓަރ

ދިވެހި ދައުލަތުގެ ރިޒާވްގައި ހުރި ޑޮލަރު ހުސްވެއްޖެ ކަމަށް އަދަދު ނޫހުން ބުނާ ވާހަކައަކީ ދޮގެއް ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އަދަދު ނޫހުން ބުނި ގޮތުގައި، ޑޮލަރު ރިޒާ...

21 Aug 2024 | 13:47

ދިވެހި ދައުލަތުގެ ރިޒާވްގައި ހުރި ޑޮލަރު ހުސްވެއްޖެ ކަމަށް އަދަދު ނޫހުން ބުނާ ވާހަކައަކީ ދޮގެއް ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަދަދު ނޫހުން ބުނި ގޮތުގައި، ޑޮލަރު ރިޒާވް ހުސްވެދާނެ ކަމުގެ އިންޒާރުު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންޒާރުދީފައި ވަނިކޮށް، މިއަދު ވަނީ ޑޮލަރު ރިޒާވް އެއްކޮށް ހުސްވެފައެވެ.

އަދަދު ނޫހުން ޝާއިއުކޮށްފައިވާ ޚަބަރުގައި ވަނީ އެކަމާއި ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް، އިތުބާރު ހިފޭ މަސްދަރަކުން ޑޮލަރު ރިޒާވް މިވަގުތު ހުރީ މައިނަހުގައި ކަމަށް އަދަދު ނޫހަށް ކަށަވަރުކޮށްދީފައި ވާކަމަށެވެ.

އެމްއެމްއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައިި ހުރީ43 މިލިއަން ޑޮލަރެވެ.

މިކަމާއި ގުޅިގެން ސަރުކާރުން މީގެ ކުރިން ވެސް ވަނީ މި ހާލަތަށް ނުދާ ކަމަށް ބުނެފައެވެ. އަދި މަސް ނިމުމުގެ ކުރިން ރިިޒާވް ހަމައަކަށް އަޅުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، އަދަދު އޮންލައިންގައި މިއަދު ޝާއިއުކުރި ޚަބަރަކީ ކަނޑައެޅިގެން ބުޙުތާނު ދޮގު ޚަބަރެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް