މޫނު ބުރުގާ އަޅާތީ ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނާ ޑިސްކޮލިފައިކޮށްލައިފި!

މޫނު ބުރުގާ އަޅާތީ ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނާ ޑިސްކޮލިފައިކޮށްފައިކޮށްފިއެވެ. ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއަށް ކުރިމަތިލެއް...

21 Aug 2024 | 12:18

މޫނު ބުރުގާ އަޅާތީ ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނާ ޑިސްކޮލިފައިކޮށްފައިކޮށްފިއެވެ.

ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއަށް ކުރިމަތިލެއްވި ފަރާތެއް މޫނު ބުރުގާ އަޅާތީ ރެކްރޫޓްމެންޓް ޕްރޮސެސް ގައި ނުހިމަނާ ޑިސްކޮށްލިފައި ކޮށްލައިފިއެވެ.

ހުޅުދެލީ މެޖިސްޓްރެޓް ކޯޓުން ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަގަނޅަށް އެނގޭފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ފަރާތަކީ މޫނުބުރުގާ އަޅާފަރާތެއްކަން ކަށަވަރުކުރުމަށްފަހު މޫނު ބުރުގާ އަޅާނަމަ ރެކްރޫޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ގަވާއިދުގައި ވާތީ، އެ ފަރާތުން އިންޓަވިއުއާއި ޕްރެކްޓިކަލް ކުރިއަށް ދިޔައިރު އެ ފަރާތަކީ މޫނު ބުރުގާ އަޅާ ފަރާތަކަށް ވުމުންް  އެ ކޯޓުން ވަނީ އޭނާ ވަނީ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނާ ޑިސްކޮލިފައި ކޮށްފައެވެ.

އެކަމާއި ހިތްހަމަ ނުޖެހި އޭނާ ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. އޭނާ ބުނީ، އެހެން ދިވެހި ރައްޔިތުންނެކޭވެސް އެއްފަދައިން އޭނާއަށްވެސް ވަޒީފާ އަދާކުރުުމުގެ ހައްގު އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާކަމަށެވެ. އަދި މޫނު ބުރުގާ އެޅުމަކީ ވަޒީފާ އަދާ ކުރުމުގެ ހައްގުން މަހުރޫމަވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ޝަރުއީ ދާއިރާގެ މުވައްޒަފުން ހެދުން އެޅުމުގެ އުސޫލު އެއްގޮތަކަށް އޮތް އިރު، ސުކޫލުުތަކާއި އެހެނިހެން މުއައްސަސާތަކަށް މިހާރު މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ދިޔުމުގެ ހުއްދަ އޮވެ ޝަރުއީ ދާއިރާތަކަށް އެ ހުއްދަ ނޯންނާވި އެއްވެސް ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށެވެ.

ދިވެހިރާއްޖެ ފަދަ މުސްލިމު ގައުމެއްގައ،ި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ކުރުން ވަނީ ބޮޑު ތަކުލީފަކަށް ވެފައި ކަމަށް މީގެކުރިންވެސް މޫނު ބުރުގާ އަޅާ ބައެއް ފަރާތްތަކުން ވަނީ ޝަކުވާ އުފުލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް