ބަގްލަދޭޝް ރައްޔިތުން ދިވެހިރާއްޖޭގައި ޤަވައިދާ ޚިލާފަށް ކުދިކުދި ތަންކޮޅުތަކުގައި ކުރަމުންދާ ކުދި ވިޔަފާރީތަކުގެ މުޑުދާރު ފޮޓޯތައް ދަނީ ސޯސަލް މީޑިއާ އެއްކޮށް ފުރާލަމުންނެވެ.
ކުދި ކުދި ތަންކޮޅުތަކުގައި، ހެދިކާ، ސަބްމެރީން، ނުވަތަ އެނޫންވެސް ދިވެހިން އެންމެ ގިނައިން ކައިބޮއެ އުޅޭ ބާވަތްތައް ބިދޭސީން އަޑީގައި ތިބެ ތައްޔާރުކުރަމުން ދަނީ އިންތިހާއަށް މުޑުދާރުކޮށެވެ. މިކަން ބޮޑަށް ހޫނުވެގެން ދިޔައީ ދާދި ފަހުން ބުޅާ މަހުގައި ކާނާ ތައްޔާރުކޮށް ވިއްކާ ކަމުގެ ތުހުމަތުގައި ބަގްލަދޭޝްގެ ރައްޔިތެއް ހައްޔަރުކުރުމާއި ގުޅިގެންނެވެ.
އޭނާއަކީ، ސަބްމެރީން ފަދަ ތަކެތި ވިއްކަމުން އައި ބަގްލަދޭޝް ރައްޔިތެއް ކަމެއް މައުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ދިވެހިންގެ ހިތުގައި ބިރު އުފެދި، ކުދި ވިޔަފާރީތައް ކުރާ ފަރާތްތަކުން ފިހާރަތަކަށް ނުވަތަ އެނޫންވެސް ގޮތްގޮތުން ވިއްކަމުން އައި ކާބޯތަކެތީގެ ބާވަތްތަށް މިހާރު ގަންނަނީ މަދު ބައެކެވެެ. އެއީ އެތަކެތީގެ ރައްކާތެރިކަންވެސް ކަށަވަރު ނުވާތީ ކަމަށް ބެލެވެއެވެ.
މާލޭގެ ގިނަ ރައްޔިތުން އިތުރު އާމްދަނީ ހޯދުމަށް ކުރަމުން ދާ ކުދި ވިޔަފާރީތަކަށް މިފަދަ ހާލަތަކާއި ކުރިމަތިލާން ޖެހުމަކީ އެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް މިފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރީ ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތުން މިހާތަނަށް މިފަދަ މުޑުދާރު އެތައް ވިޔަފާރީއެއް ހުއްޓުވާ އެމީހުންނާ މެދު ވަނީ ފިޔަވަޅު އަޅާފައެވެ.
އިމިގްރޭޝަންގެ މި އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެއްގެ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ބިދޭންސީންތަކެއް ވަނީ ޑީޕޯޓްވެސް ކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް