ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގާ ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.
އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ އެ މައްސަލައިގާ ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
ޝަމީމަށް ބަޔަކު ހަމަލާދިނީ މި އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގައެވެ. މަރުތޭލެއް ބޭނުންކޮށްގެން ދިން އެ ހަމަލައަކީ ވަރަށް ބޮޑަށް ދުރާލާ ރާވައިގެން ދިން ހަމަލާއެއްކަން ކުރިން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް