ދޮން މަންމައަކު ކުޑަ އަންހެން ކުއްޖަކަށް އަނިޔާ ކުރި މައްސަަލައެއް ފެންމަތި ވެއްޖެއެވެ.
އޭނާ އެކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ދަނީ ސޯސަލް މީޑިއާގައި ދައުރު ވަމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ އާއިި ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން އޭރު ހެދި އެސެސްމެންޓް ރިޕޯޓްއިން ކުއްޖާ ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްކަން ވަނީ އެގިފައި ކަމަށެވެ. އަދި މި މައްސަލއާއި ގުޅިގެން މިހާރުގެ ހާލަތު ދެނެގަތުމަށް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުުގައި މި ހާދިސާ ހިނގާފައި ވަނީ ގއ.ކޮޑޭގައެވެ.
ކުޑަ ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމާއި ގެވެށި އަނިޔާއާއި ގުޅުން ހުރި މައްސަލަ ތަކަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަ ތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް