އަރަފާތު ހުސެއިން ބުޅާ މަސް އަޅައިގެން ތައްޔާރުކުރަމުންދިޔަ ކެއުން ބުއިންތައް ވިއްކަން ލާފައި ބެހެއްޓިކަމަށް ބުނާ ފިހާރައިގެ ލިސްޓަކީ ފޭކު ލިސްޓެއް ކަމުގައި އިމިގްރޭޝަނުން ބުނެފިއެވެ.
އެގޮތުން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫން ކަމަށާއި އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރެއްވުން އެދޭކަމަށެވެ.
ފޭކު އެ ޕޯސްޓްގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އަރަފާތު ހުސެއިން، ބާގާ، ސަބްމެރިން، ހޮޓްޑޯގަ ފަދަ ތަކެތި ތައްޔާރުކުރާއިރު ބުޅާމަސް އަޅާކަމަށް އެއްބަސްވެފައިވާއިރު އެ ލިސްޓަކީ އޭނާ އުފައްދާ އެ ތަކެތި ވިއްކުމަށް ލާފައިވާ ލޯކަލް ފިހާރަތަކުގެ ނަންތައް ހިމެނޭ ލިސްޓެއް ކަމަށެވެ.
ބުޅާ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ކަމުގައިވާ، ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސެއިން ނަމަކަށް ކިޔާ މީހަކު އިއްޔެ ވަނީ ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް