ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖެއަށް ކެރީގެ އަސަރު ފޯރިނަމަވެސް ދެކުނުގެ މޫސުން މިއަދު އާއްމުގޮތެއްގައި ރަނގަޅުވާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތައި ވައިވެސް އެހާ ގަދައެއް ނޫނެވެ. އަދި ވިލާގަނޑުގައިވެސް ވައި ގަދަވާނެކަމަށް ބެލެވެނީ ގަޑިއަކު 35 މޭލަށް ކަމުގައި ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާދައިވެރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަވާނެ ކަމަށް ބުނެފައިވެއެވެ. އަދި ދެކުނުގައި ކަނޑުތައް އާދައިގެވަރަކަށް މަދުވާނެކަމަށް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުރާއްޖޭގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދު އަދި ދެކުނުގައި ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް