އަންނަ މަހު އެޕަލްގެ އަހަރީ އިވެންޓުގައި އައިފޯން 15 ސީރީޒް އަންނާނެ ކަމަށް ބެލެވެ އެވެ. މިއަހަރުގެ އައިފޯން މޮޑެލްތަކުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ފުރަތަމަ ފަހަރަށް ލައިޓްނިން ކަނެކްޓަރެއްގެ ބަދަލުގައި ޔޫއެސްބީ-ސީ ޕޯޓެއް ވެސް ހިމެނެ އެވެ.
ޔޫއެސްބީ-ސީ ޕޯޓާއި އެކު އެޕަލް އިން ކުރިއަށް އޮތް އައިފޯން މޮޑެލްތައް ހަލުވި ޗާޖިން ސްޕީޑާއެކު ނެރެން ތައްޔާރުވެފައި ވާއިރު، އައިފޯން 15 ޕްރޯ އަކީ މިހާތަނަށް އެންމެ ހަލުވި ޗާޖިން އަށް ސަޕޯޓް ކުރާ ފޯނުކަމަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އައިފޯން 14 ޕްރޯގައި މިހާތަނަށް 27 ވޮޓް ހުރި އިރު، އައިފޯން 15 ގެ ޗާޖިން ސްޕީޑަށް 35 ވޮޓް ގެ ސަޕޯޓާއެކު އަންނާނެ ކަމަށް އާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
9ޓު5ގޫގްލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން 15 ގެ ބައެއް މޮޑެލްތަކުން 35 ޑަބްލިއު ގެ ސްޕީޑުގައި ޗާޖު ކުރާނެ ކަމަށްވާއިރު، އެ މޮޑެލްތަކަކީ އައިފޯނެއްގައި މިހާތަނަށް އެންމެ ހަލުވި ޗާޖިން އަށް ސަޕޯޓް ކުރާ މޮޑެލްތަކަކަށް ވާނެ ކަމަށެވެ.
މިހާރުގެ ޖެނެރޭޝަންގެ އައިފޯން 14 ލައިނަޕުން 27 ޑަބްލިއު ޗާޖިން ސްޕީޑަށް ސަޕޯޓް ކުރާ އިރު، އެއީ ހަމައެކަނި އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސް އަށް ހާއްސަ ކޮށްފައިވާ ލައިންއަޕެކެވެ. އައިފޯން 14 ޕްރޯ މެކްސް ފުލް ޗާޖު ކުރަން މިހާރު ދެ ގަޑިއިރު ނަގާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އެ ރިޕޯޓުން ދައްކާ ވާހަކައަކީ ހަގީގަތެއް ނަމަ އައިފޯން 15 ޕްރޯގެ ޗާޖިން ޓައިމް ދެ ގަޑިއިރަށް ވުރެ ކުޑަވާނެ އެވެ.
އެއީ ކީއްވެގެން؟ ...
35 ވޮޓްގެ ޗާޖިން ސްޕީޑަކީ އެއީ މިހާރު އައިފޯން ސަޕޯޓްކުރާ އެޕަލް އެޑަޕްޓަރެއްގެ ގޮތުގައި އެންމެ މަތީ ސްޕީޑަށް ވާތީ އެވެ.
ކުރިއަށް އޮތް އައިފޯން 15 ޕްރޯ މޮޑެލްތަކުގައި އެޕަލްގެ ސްމާޓްފޯން ޕޯޓްފޯލިއޯގައި މިހާތަނަށް އެންމެ ހަލުވި ކަމާއެކު ޗާޖިން ސްޕީޑް ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރުގެ އިންޑަސްޓްރީގެ ސްޓޭންޑަޑާ އަޅާބަލާއިރު އެ މޮޑެލްތަކުގެ ގާބިލުކަން ވަރަށް ބޮޑަށް ދަށްކަން ފާހަގަކޮށްލެވެ އެވެ.
ސެމްސަންގުން ގެލެކްސީ އެސް23 އަލްޓްރާ އަދި ގެލެކްސީ ޒެޑް ފޯލްޑް 5 ފަދަ ފްލެގްޝިޕް ފޯނުތަކުގެ ފާސްޓް ޗާޖިން ކެޕޭސިޓީ 45 ޑަބްލިއު އަށް ހިފަހައްޓާފައިވާއިރު، އޮޕޯ އަދި ޒިއޯމީ ފަދަ ކުންފުނިތަކުން މިހާރުވެސް ގާތްގަނޑަކަށް 200 ޑަބްލިއުގެ ސްޕީޑަށް ސަޕޯޓްކުރާ ބެޓެރީ ޗާޖިން ޓެކްނޮލޮޖީތައް ފޯރުކޮށްދެ އެވެ.
އެވްރެޖްކޮށް 4500 އެމްއޭއެޗްގެ ބެޓެރީއެއް ހުންނަ ފޯނަކަށް ފަހުގެ ޓެކްނޮލޮޖީއާއެކު 20 މިނެޓުން ފުލް ޗާޖު ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް