ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ އިއްޒަތްތެރި މެންބަރު، މޫސާ ސިރާޖު. ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
މުއިއްޒުއަށް ދާއީދު ކުރައްވަން ނިންމަވައި ސިރާޖު ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ.
ސިރާޖު ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގަންނަވާފައެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ފޮނުއްވެވި ސިޓީފުޅުގައި ސިރާޖު ވިދާޅުވެފައިވަނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.
މޫސާ ސިރާޖަކީ މި ފަހަކަށް އައިސް ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ދެކޮޅަށް ކިރިކިރި ހުންނެވި ބޭފުޅެކެވެ. އެގޮތުން އެމްޑީޕީ ދެފަޅި ނުވެ އޮތް އިރު ރައީސް ނަޝީދަށް ތާއީދުކުރެއްވިއެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ޕްރައިމަރީގައި އަނެއްކާވެސް ރައީސް ސޯލިހަށް ތާއީދު ކުރެއްވިއެވެ. އެހެންނަމަވެސް ފަހުން ރައީސް ނަޝީދާއި އީވާގެ އިތުބާރު މައްސަލައިގާ ސޮއި ކުރައްވާފައެއް ނުވެއެވެ.
މީގެ ކުރިން ބެލެވުނީ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ގުޅިވަޑައިގަންނަވާނީ ދަ ޑިމޮކްރެޓްސްއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް